| ވޯޓް ފޮށްޓެއް ކަނޑަނީ - ފޮޓޯ: ސަން އޮންލައިން |
މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވާނެ ބޭފުޅަކު ހޮވުމަށް މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އިސްދޫގައި ބެހެއްޓި 1 ނަމްބަރ ވޯޓުފޮށީގެ ވަގުތީ ނަތީޖާ ރޭ އިޢުލާނުކޮށްފިއެވެ.
އެ ނަތީޖާގައިވާ ގޮތުން ކެނޑިޑޭޓް ނަމްބަރ 1 ޤާސިމް އިބްރާހީމަށް ލިބިފައިވަނީ 223 ވޯޓެވެ. ކެނޑިޑޭޓް ނަމްބަރ 2 މުޙައްމަދު ވަހީދު ޙަސަންނަށް 5 ވޯޓު އަދި ކެނޑިޑޭޓް ނަމްބަރ 3 ޢަބްދުﷲ ޔާމީނަށް 64 ވޯޓް ކެނޑިޑޭޓް ނަމްބަރ 4 މުޙައްމަދު ނަޝީދަށް 274 ވޯޓް ވަނީ ލިބިފައެވެ. މި ފޮށީގައި ބާޠިލު 9 ވޯޓު އޮތް އިރު ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ 650 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 554 މީހުންނެވެ.
މިފަހަރުގެ އިންތިޚާބުގައި އިސްދޫގައިތިބި ނަފްސާނީ ބަލިމީހުން(މޮޔަމީހުން) ނަށްވެސް ވޯޓު ދިނުމުގެ ޙައްޤު ލިބުމުގެ ސަބަބުން ވޯޓު ލާފައިވާކަންވަނީ ފާހަގަ ކުރެވިފައެވެ. އަދި މިއީ ލިސްޓް ޞައްޙަކުރުމަށް ލިބުނު ފުރުޞަތުގައި ބަލަންވާވަރަށް ނުބެލުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ އިޙްމާލުން ވެފައިވާ ކަމެއްކަމަށްގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ޝަކުވާގެ ގޮތުގައި މިހާރު ހުށަހަޅާފައިވާކަމަށް މިސައިޓަށް މަޢުލޫމާތު ދިންމީހަކުވަނީ ބުނެފައެވެ.
Post a Comment