މައި ޞަފްޙާ » , » ޤައުމީ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

ޤައުމީ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

Sunday, September 8, 2013 | 9:14 AM

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ، ރާއްޖޭގެ ޤައުމީ ޓީމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު ސަލީމް އިއްޔެމެންދުރު ކެއުމެއް ދެއްވައިފި އެވެ.            
 
ސާކްގެ ސެކްރެޓަރީ ޖެނެރަލް ދިރިއުޅުއްވުމަށް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ، ސާކް ހައުސްގައި ސަލީމް އިއްޔެ ދެއްވި މެންދުގެ ކެއުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރީންނާއި، އޮފިޝަލުންގެ އިތުރުން މުބާރާތް ކަވަކުރުމަށް، މިވަގުތު ނޭޕާލްގައި ތިބި، ރާއްޖޭގެ ނޫސްވެރިން ވެސް ވަނީ ބައިވެރި ވެފަ އެވެ.                  

ޤައުމީ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި ބައްދަލު ކުރެއްވުމަށް ފަހު ސަލީމް ވަނީ ޓީމަށް ހިތްވަރު ދެއްވައި، ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އިއްޔެގެ ކެއުން ކުރިއަށް ދިޔަ ވަގުތު، ސަލީމްގެ ޢާއިލާގެ ފަރާތުން ވަނީ، ޤައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާޤުގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކޭކެއްވެސްވަނީފަޅާފައެވެ.                

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކަވަކުރުމަށް ރާއްޖޭގެ ނޫސްވެރިން ނޭޕާލްގައި ހަރަކާތްތެރި ވަމުން ގެންދާއިރު ރާއްޖޭގެ ނޫސްވެރިންނަށް ސާކްގެ ސެކްރެޓަރީ ޖެނެރަލާއި، އަދި އެ މަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރަށްވާ ދިވެހި މުވައްޒަފުންގެ ފަރާތުން އެކިއެކި ކަންކަމުގައި ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ދަނީ ފޯރު ކޮށްދެމުންނެވެ.                                               
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews